ފަހުވަގުތު ޗެރކީ ޖެހި ގޯލާއެކު ސިޓީ އާސެނަލް އަށް ޕްރޭޝަރުކޮށްފި
27 ޑިސެމްބަރު 2025 - 17:00

މެންޗެސްޓަރ ސިޓީގެ ރަޔާން ޗެރކީ ދެއްކި މޮޅު ކުޅުމާއެކު، ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 2-1 އިން ކުރިހޯދައި، ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އަށް ސިޓީއިން ޕްރެޝަރު ކޮށްފިއެވެ. މި ނަތީޖާއާއެކު، ތާވަލުގެ ކުރީގައި އޮތް އާސެނަލްއަށް ވަނީ ބޮޑު ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ސިޓީ ގްރައުންޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސިޓީން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ޗެރކީ ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޓިޖާނީ ރެއިންޑާސްއެވެ.

Ad by Hajj Corporation
ފޮރެސްޓުން ވަނީ މެޗުގެ ފަހުކޮޅު އޮމާރީ ހަޗިންސަންގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ޔޮސްކޯ ގްވާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތަކުން ޝާކީ ވަނީ ސިޓީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ.
މި މެޗުގައި ދެއްކި ކުޅުމާއެކު ޗެރކީ ވަނީ ނޮވެމްބަރު މަހުން ފެށިގެން ޕްރިމިއަރ ލީގުގައި އަށް ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ ސިޓީން މިހާރު ދައްކަމުންދާ ފޯމަކީ މިދިޔަ ސީޒަނުގެ ފަހުކޮޅު އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ތަށި ހޯދިއިރު ދެއްކި ފަދަ ވަރުގަދަ ކުޅުމެކެވެ.


