logo
Bank of Maldives

Bank of Maldives

ކުޅިވަރު

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފި

އަބްދުﷲ ޣާނިމް
29 ޑިސެމްބަރު 2025 - 05:56
އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފި

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) އިން ހޮވާ 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމު އިއުލާންކޮށްފިއެވެ. 1984 ވަނަ އަހަރު އުފެދުނު މި އިދާރާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚާއި، ތަފާސްހިސާބުތަކާއި ރެކޯޑުތައް ބަލަހައްޓައި، އަހަރަކު އެއްފަހަރު އެންމެ މޮޅު ކުޅުންތެރިންނާއި ޓީމުތައް ހޮވާ ފަރާތެކެވެ.

މި ޓީމު ހޮވާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ނޫސްވެރިންނާއި މާހިރުންގެ ވޯޓަށް ބިނާކޮށެވެ. އައި.އެފް.އެފް.އެޗް.އެސް އިން ހާމަކުރި ގޮތުގައި މި ޓީމު އެކުލަވާލާފައިވަނީ ހަމައެކަނި ކުޅުންތެރިންގެ ތަފާސްހިސާބުތަކަށް ބަލައިގެންނެވެ. މި ޓީމު އެކުލެވިގެންވަނީ ތިން ޑިފެންޑަރުން، ތިން މިޑްފީލްޑަރުން އަދި ހަތަރު ފޯވާޑުންގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓީމުގެ ގޯލްކީޕަރަކީ ޕީ.އެސް.ޖީ ގައި މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު މިހާރު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޖިއަންލުއިޖީ ޑޮނަރުއްމާއެވެ. ޓީމުގެ ޑިފެންސް ލައިން އެއްކޮށް ފެންނަނީ ޕީ.އެސް.ޖީގެ ކުޅުންތެރިންނެވެ. އެއީ ނޫނޯ މެންޑޭޒް، ވިލިއަން ޕާޗޯ އަދި އަޝްރަފް ހަކީމީއެވެ.

މިޑްފީލްޑަށް ބަލާއިރު ބާސެލޯނާގެ ދެ ތަރިން ކަމަށްވާ ޕެޑްރީ އަދި ލަމީން ޔަމާލް ވަނީ ހިމެނިފައެވެ. ނަމަވެސް ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާއަށް މިފަހަރުވެސް ފުރުސަތު ލިބިފައެއް ނުވެއެވެ. މިޑްފީލްޑްގެ ތިންވަނަ ކުޅުންތެރިއަކީ ޕީ.އެސް.ޖީގެ ވިޓީނިއާއެވެ.

ޓީމުގެ އެޓޭކިންގް ލައިން ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ، މެންޗެސްޓަރ ސިޓީގެ އާލިންގް ހާލަންޑް، ބަޔާން މިއުނިކްގެ ހެރީ ކޭން އަދި ޕީ.އެސް.ޖީގެ އުސްމާން ޑެމްބެލޭއެވެ. މި ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނިފައިވަނީ ފްރާންސްގެ ޕީ.އެސް.ޖީ އިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީކުޅިވަރު | 3 ގަޑިއިރު ކުރިންވޯލްޑްކަޕާ ދިމާކޮށް ޔަމާލުގެ އައު ބިޓު ދައްކާލައިފިކުޅިވަރު | 14 ދުވަސް ކުރިންއަނިޔާގެ ސަބަބުން ޔަމާލްއަށް ވޯލްޑްކަޕްގެ އެއްބައި ގެއްލެނީކުޅިވަރު | 17 ދުވަސް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | 23 ދުވަސް ކުރިން