logo
Bank of Maldives

Bank of Maldives

ދުނިޔެ

މަސްޖިދުލް ޙަރަމްގެ މަތީ ފަންގިފިލާއަކުން ފުންމާލި މީހަކު ސަލާމަތްކުރުމުގެ ތެރޭގައި އަނިޔާވި ފުލުހަކު ހޮސްޕިޓަލްގައި!

ޒިދާން މުޙައްމަދު
29 ޑިސެމްބަރު 2025 - 06:38
މަސްޖިދުލް ޙަރަމްގެ މަތީ ފަންގިފިލާއަކުން ފުންމާލި މީހަކު ސަލާމަތްކުރުމުގެ ތެރޭގައި އަނިޔާވި ފުލުހަކު ހޮސްޕިޓަލްގައި!

މައްކާގައި ހުންނަ އަލް މަސްޖިދުލް ޙަރަމްގެ މަތީ ފަންގިފިލާއަކުން ފުންމާލި މީހަކު ސަލާމަތްކުރުމުގެ ތެތޭގައި ފުލުހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އެބަ ގެންދެއެވެ.

މި ހާދިސާގައި، މަތީ ފަންގިފިލާއަކުން ފުންމާލީ އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ފިރިހެނެކެވެ. އޭނާއާއި އޭނާ ސަލާމަތްކުރަން މަސައްކަތްކުރި ފިރިހެން ފުލުސް އޮފިސަރަކަށް ވެސް ވަނީ މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ސާފެއް ނޫނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސެކިއުރިޓީ އޮފިސަރުން ވަނީ ފުންމާލި މީހާ ހުއްޓުވަން ވެސް މަސައްކަތް ކޮށްފައެވެ. އޭނާ ފުންމާލުމުން ގްރައުންޑުގައި ހުރި އޮފިސަރަކު ވަނީ އޭނާއާ ދިމާލަށް ދުއްވައިގަނެ ސަލާމަތްކުރަން މަސައްކަތްކޮށްފައެވެ.

އޭނާ ސަލާމަތް ކުރުމުގެ ތެރޭގައި އޮފިސަރަށް އަނިޔާ ލިބިފައިވާއިރު އަނިޔާތަކުގެ ތެރޭގައި ފްރެކްޗަރތަކެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައްކާ ރީޖަންގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސްޕެޝަލް ފޯސް އިން އެ މީހާ ފުންމާލަން އުޅުމުގެ ތެރޭގައި ވެސް ފިޔަވަޅު އެޅި ކަމަށެވެ.

ސްޕެޝަލް ފޯސަސް އިން ބުނީ އެކަމަށް ބޭނުންވާ ހުރިހާ ގާނޫނީ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި ސްޕެޝަލް ފޯސް އިން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށާޢި އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމަސްޖިދުލް ޙަރަމްގެ މަތީ ފަންގިފިލާއަކުން ފުންމާލި މީހަކު ސަލާމަތްކުރުމުގެ ތެރޭގައި އަނިޔާވި ފުލުހަކު ހޮސްޕިޓަލްގައި!ދުނިޔެ | 5 މަސް ކުރިން