logo
Bank of Maldives

Bank of Maldives

ޚަބަރު

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފި

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފި

މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދުމަށް އިއުލާންކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއެއް، ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 25 އަހަރު ފުރިފައިނުވާ މީހަކަށްވުން ހިމެނޭ ކަަމަށް އެ މަރުކަޒުން ބުނެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށްވެސް ވެގެން ނުވާނެކަަމަށް ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވެވޭ ކަޓެގަރީތަކުގެ ތެރޭގައި މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން ހިމެނޭއިރު، މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހެއެވެ.

މީގެ އިތުރުން ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބައިވެސް ހިމެނެއެވެ. މި ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މުބާރާތަށް ބައިވެރިން، ހޮވާނީ އެކަަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގަކަމަށެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | ގަޑިއިރެއް ކުރިން38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިންޚަބަރު | 5 ދުވަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 22 ދުވަސް ކުރިންޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން