logo
MPL

MPL

ޚަބަރު

38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިން

މަރިޔަމް މާޙީ
19 މޭ 2026 - 05:45
38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިން

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ 38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް 3053 މީހުން ކުރިމަތިލައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ހަމަވެފައިވާއިރު، މިއަހަރުގެ މުބާރާތުގެ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން. އުމުރުން 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ. މިއީ ވީހާވެސް ގިނަ ބަޔަކަށް މުބާރާތުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގެނައި ހެޔޮ ބަދަލެއް ކަމަށް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުންޏެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރެއްގެ ގޮތުގައި ކުރިއަށްދާ އޮޑިޝަން ބުރު، މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ވެސް ކުރިއަށްދާނެ ކަމަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން މައުލޫމާތުދެއެވެ.

މުބާރާތުގެ ދެވަނަ ބުރަކީ ސެމީ ފައިނަލް ބުރެވެ. މި ބުރަށް ހޮވޭނީ އޮޑިޝަންގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދަތުރުކުރާނީ ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.

މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ މާލޭގައެވެ. އަތޮޅުތެރެއިން މާލެ އަންނަ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފައިނަލް ބުރަށް ހޮވޭ ދަރިވަރުންނަށް ހާއްސަ އެލެވެންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބޭއްވުނު ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 1003 ބައިވެރިންނެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ގުރުއާން ކިޔަވާ ހުނަރުވެރި ދަރިވަރުން އުފެއްދުމެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވި މީހުންގެ އަދަދު ތިންގުނަ އިތުރުވެފައިވުމީ، މި މަގުސަދު ހާސިލުވަމުންދާކަމުގެ ހެއްކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | 3 މަސް ކުރިން38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިންޚަބަރު | 3 މަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންއޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއްޚަބަރު | 5 މަސް ކުރިން