logo
MPL

MPL

ޚަބަރު

އޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއް

އިސްމާޢިލް ރާތިޢު
27 މާރިޗު 2026 - 11:43
އޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރްއާން މުބާރާތް ކަމަށްވާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް މިއަހަރުން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިޢުލާނުކޮށްފިއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ، އެހެން އަހަރުތަކާ ޚިލާފަށް ތިން ބުރަކަށް މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމެވެ. އެއީ؛ އޮޑިޝަން ބުރު، ސެމީ ފައިނަލް އަދި ފައިނަލް ބުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބަދަލުތަކާއެކު މުބާރާތް ކުރިއަށް ދާނެ ގޮތަށް ބަލާއިރު، މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައި ކަމަށާއި މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވިދާނެކަމަށް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.

އޮޑިޝަން ބުރަށްފަހު ދެން އޮންނާނީ، މުބާރާތުގެ ސެމީ ފައިނަލް ބުރެވެ. އެގޮތުން، މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިން ކަމަށް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.

މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރު އޮންނާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ އެލަވަންސެއް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މުބާރާތަށް މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި ކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.

މުބާރާތް ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެއެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | 3 މަސް ކުރިން38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިންޚަބަރު | 3 މަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންއޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއްޚަބަރު | 5 މަސް ކުރިން