logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ލައިފްސްޓްއިލް

އަކްޝޭ ކަންނާ ފިލްމަކުން ވަކިވުމުން ލީގަލް ނޯޓިސް

މުޙައްމަދު އަފްރާޙް
31 ޑިސެމްބަރު 2025 - 04:55
އަކްޝޭ ކަންނާ ފިލްމަކުން ވަކިވުމުން ލީގަލް ނޯޓިސް

ޕްރޮޑިއުސަރާ މައްސަލަޖެހި، އަކްޝޭ ކަންނާ ފިލްމަކުން ވަކިވެއްޖެއެވެ.

'އިންޑިއާ ޓްޑޭ" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަކްޝޭ ކަންނާ ވަކިވެފައިވަނީ "ޑްރިޝިޔަމް 3" އިންނެވެ. އަދި އޭނާ އެ ފިލްމުން ވަކިވީ ބޮލުގައި ވިގެއް އަޅަން ޕްރޮޑިއުސަރ ގަބޫލުނުވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ނޫހުގައި ވަނީ މިއީ އަކްޝޭ އެ ފިލްމުގައި އަދާކުރާ ރޯލުގެ ސަބަބުން އޭނާ އަޅަން ބޭނުންވި ވިގެކެވެ. "ޑްރިޝިޔަމް 3" ގެ ޝޫޓިން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ އަކްޝޭގެ މި ނިންމުމާ ގުޅިގެން އެ ފިލްމުގެ ޕްރޮޑިއުސަރުންނާ ހަވާލާދީ 'އިންޑިއާ ޓްޑޭ' ގައި ބުނީ އަކްޝޭގެ އެދުމަށް އެއްބަސް ނުވެވުނީ "ޑްރިޝިޔަމް 3" ގެ މަންޒަރުތައް ފެށެނީ "ޑްރިޝިޔަމް 2" ނިމުނު ހިސާބުން ކަމަށްވާތީ، ފިލްމުގެ މަންޒަރުތަކުގެ ކޮންޓިނިއުޓީ އަށް އޭގެ އަސަރުކުރާނެތީއެވެ. އަދި ކުއްލިއަކަށް އަކްޝޭގެ އިސްތަށިގަނޑު ހުންނަ ގޮތް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕްރޮޑިއުސަރުންނާ ހަވާލާދީ ވަނީ ބުނެފައެވެ.

އެކަމަކު ވިގު ނާޅާ އެފިލްމު ކުޅެން އަކްޝޭ ކަންނާ ދެކޮޅު ހެދުމުން، ޕްރޮޑިއުސަރ ކުމާރު މަންގަތު ޕަތަކް ވަނީ ސެޓު ހެދުމަށާއި އެހެނިހެން ކަންކަމަށް ދިޔަ ޚަރަދުގެ ބަދަލު ހޯދުމަށް އަކްޝޭއަށް ލީގަލް ނޯޓިސް ފޮނުވާފައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޝާ ބޯސްލޭ މަރުވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންއިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިޚަބަރު | މަހެއް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | މަހެއް ކުރިން