logo
Bank of Maldives

Bank of Maldives

ޚަބަރު

މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސް އިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީ

އިސްމާޢިލް ރާތިޢު
1 ޖެނުއަރީ 2026 - 05:02
މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސް އިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީ

މުދަލުގެ އަގު ކަނޑައެޅުމުގައި މިއަދުން ފެށިގެން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ، ކަސްޓަމްސްގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެމަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެން އަގު ކަނޑައެޅުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މުދަލުގެ އަގު ކަނޑައެޅުމަށް، ވެރިފަޔަބަލް ލިޔެކިޔުމާއެކު ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ގަބޫލުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ނަމަވެސް ވެރިފަޔަބަލް ިޔެކިޔުމެއް ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު %25 އަށްވުރެ ބޮޑުކުރަންޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މިއަދުން ފެށިގެން ގާއިމުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ރާއްޖޭގެ ކުމެވިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކޮށް، ކުމެވިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފަޔަބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސް އިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީޚަބަރު | 2 ގަޑިއިރު ކުރިން241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފިޚަބަރު | 2 މަސް ކުރިންވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަސްޓަމަސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފިޚަބަރު | 2 މަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 2 މަސް ކުރިން