logo
Bank of Maldives

Bank of Maldives

ވިޔަފާރި

ޑިއުޓީ މާފުކުރި މުދާ އެހެން ބޭނުމަކަށް ބޭނުންކުރާ ނަމަ ޑިއުޓީ އަނބުރާ ދައްކަން ޖެހޭނެ

މެންދުރު ޓީމް
12 ސެޕްޓެމްބަރު 2026 - 17:32
ޑިއުޓީ މާފުކުރި މުދާ އެހެން ބޭނުމަކަށް ބޭނުންކުރާ ނަމަ ޑިއުޓީ އަނބުރާ ދައްކަން ޖެހޭނެ

ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ މާފުކޮށްދީގެން އެތެރެކުރާ މުދަލުގެ މައުލޫމާތު، މަހަކު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ކަސްޓަމްސްއިން ފޮނުވަން ޖެހޭ ގޮތަށް ކަނޑައަޅައި، ދައުލަތުގެ އިދާރާތަކުން އެފަދަ މާފަށް އެދި ކަސްޓަމްސްއަށް ހުށަހަޅާނެ އުސޫލެއް ގެޒެޓުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކުލަވައިލި އުސޫލު ނަންބަރު ‪2026/G-25 އަށް އަމަލުކުރަން ފެށީ 9 ސެޕްޓެންބަރު 2026 ގައި ގެޒެޓުކުރުމާއެކުއެވެ. އަށް މާއްދާގެ މައްޗަށް އެކުލެވޭ މި އުސޫލު ހަދާފައިވަނީ، ގާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުންނެވެ. ޑިއުޓީ މާފުކުރުމުގެ އިޖުރާތުތައް ބަޔާންކުރާ ގަވާއިދު ނަންބަރު ‪2026/R-6 އަށް މިދިޔަ ފެބުރުވަރީ މަހު އަމަލުކުރަން ފަށާފައިވާއިރު، މި އުސޫލަކީ އެ ގަވާއިދުގެ ދަށުން ވުޒާރާތަކާއި ކަސްޓަމްސްއާ ދެމެދު ހިނގާ ކަންކަން ތަރުތީބުކުރާ އުސޫލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުސޫލު ބުނާ ގޮތުން، މާފުގެ އިނާޔަތް ހަމަޖައްސައިދިނުމަށް އެދި ވުޒާރާއަކުން ކަސްޓަމްސްއަށް ހުށަހަޅަންވާނީ، ގަވާއިދު ނަންބަރު ‪2026/R-6 ގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް ފަހުގައެވެ. ހުށަހަޅާނީ ކަސްޓަމްސްއިން އާންމުކުރާ ފޯމު ނުވަތަ ކަނޑައަޅާ ފޯމެޓާ އެއްގޮތަށް، ނުވަތަ ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށެވެ. މާފުކުރުމަށް އެދި ވުޒާރާއަށް ހުށަހެޅި އެންމެހައި ލިޔުންތައް އެ ހުށަހެޅުމާއެކު ފޮނުވަން ޖެހެއެވެ. ކަސްޓަމްސްއިން މާފުކޮށްދޭނީ ވުޒާރާއިން ފޮނުވާ ލިޔުމުގައި ނުވަތަ ހުށަހެޅުމުގައިވާ ގޮތުގެ މަތީންނެވެ.

ޑިއުޓީ މާފުކޮށްދޭ ގޮތަށް އެގްރީމަންޓުކޮށްގެން ހިންގާ މަޝްރޫއުތަކަށް ގެންނަ ތަކެތި، އެ މުއްދަތުގެ ތެރޭގައި އެކި ފަހަރުމަތިން ރާއްޖެ ގެނައި ނަމަވެސް، މާފުކުރުމުގެ ކަންކަން ކަސްޓަމްސްއިން ހަމަޖައްސައިދޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

މާފުކޮށްގެން އެތެރެކުރި މުދަލެއް، މާފު ދިން މަސައްކަތް ނޫން އެހެން މަސައްކަތަކަށް ބޭނުންކުރާކަން އެނގިއްޖެ ނަމަ، ވުޒާރާއިން އެކަން ކަސްޓަމްސްއަށް އަންގަން ޖެހެއެވެ. އެހެން އެންގުމުން، މާފުކުރެވިފައިވާ ޑިއުޓީ ނުވަތަ ރޯޔަލްޓީ ނުވަތަ ރެވެނިއު ފީ ދެއްކުމަށް މުދާ އެތެރެކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ. އަދި ކަމާ ގުޅޭ ގާނޫނާއި ގަވާއިދުގެ ދަށުން އެ ފަރާތާމެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް މި އުސޫލު ހުރަހެއް ނާޅާ ކަމަށް ބުނެފައިވެއެވެ.

މާފުކޮށްގެން ގެނައި މުދަލުން އެހެން ބޭނުމެއް ކުރަން ޖެހިއްޖެ ނަމަ، ނުވަތަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ނުވަތަ ވިއްކައިލަން ބޭނުންވެގެން މުދާ އެތެރެކުރި ފަރާތުން ވުޒާރާއަށް އަންގައިފި ނަމަ، އެ މައުލޫމާތު ވެސް ވުޒާރާއިން ކަސްޓަމްސްއަށް އަންގަން ޖެހެއެވެ.

މީގެ އިތުރުން، މާފުކޮށްދީފައިވާ މުއްދަތު ހަމަވުމުން އަމަލުކުރަންވީ ގޮތާއި، މުއްދަތު އިތުރުކޮށްދީފި ނަމަ އެކަމުގެ މައުލޫމާތާއި، މާފުކޮށްދިން މުދަލަށް ނުވަތަ ލިސްޓަށް ބަދަލެއް ގެނެވިއްޖެ ނަމަ އެ މައުލޫމާތު، ވުޒާރާއިން ކަސްޓަމްސްއަށް ފޮނުވަން ޖެހެއެވެ.

އުސޫލަށް އަމަލުކުރަން ފަށާއިރު މާފުކޮށް ދޫކޮށްފައިވާ ތަކެއްޗާ ބެހޭ އެ މައުލޫމާތު، ތިން މަސްދުވަހުގެ ތެރޭގައި ވުޒާރާތަކުން ކަސްޓަމްސްއަށް ފޮނުވަން ޖެހެއެވެ. އަދި ކުރިން މާފުކޮށް ދޫކޮށްފައިވާ ތަކެއްޗާމެދު ވެސް އަމަލުކުރާނީ މި އުސޫލުގައިވާ އިޖުރާތުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.

އުސޫލުގައި "ވުޒާރާ" ކަމަށް ބުނެފައިވަނީ ގަވާއިދު ނަންބަރު ‪2026/R-6 ގައި ބަޔާންކުރާ ދައުލަތުގެ ކަމާ ގުޅޭ ވުޒާރާތަކަށެވެ. "ކަސްޓަމްސް" އަކީ ގާނޫނު ނަންބަރު 8/2011 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިއުޓީ މާފުކުރި މުދާ އެހެން ބޭނުމަކަށް ބޭނުންކުރާ ނަމަ ޑިއުޓީ އަނބުރާ ދައްކަން ޖެހޭނެވިޔަފާރި | 27 މިނިޓު ކުރިންޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 މަސް ކުރިންގަވައިދާއި ހިލާފަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފިޚަބަރު | 6 މަސް ކުރިންޓްރެއިނިންގ ފޯ ވިމެން މެންޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 7 މަސް ކުރިން