logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރެއިނިންގ ފޯ ވިމެން މެންޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މުޙައްމަދު އަފްރާޙް
25 ފެބްރުއަރީ 2026 - 06:09
ޓްރެއިނިންގ ފޯ ވިމެން މެންޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

"ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމް ނިންމުމަށް މި ފެބުރުވަރީ މަހުގެ 22 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޕޮލިސް ފަރުހާދު ފިކުރީއާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި ފާޠިމަތު ދިޔާނާ ދެއްކެވި ވާހަކައިގާ، ގާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމާއި، ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ހާއްސަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މި ފެބުރުވަރީ މަހުގެ 8 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެންޕަސްގައެވެ. މި ޕްރޮގްރާމްގެ ތެރެއިން އަންހެން ލީޑަރޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައިގެންގޮސް އެ މަސައްކަތް ކުރަމުންދާ މުއައްސަސާއެއް ނުވަތަ މުޖުތަމައުއަކަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައިވެއެވެ. އަދި ލީޑަރޝިޕް ޑައިވަރސިޓީ އެންޑް އިންކުލޫޝަންގެ މުހިންމުކަން އުނގަންނައިދީ އެކި ބާވަތުގެ މީހުންނަށް ފުރުސަތުދީ، ވިސްނުމާއި ހުނަރުގެ ބޭނުންކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.

އަދި ހިއުމަން މޯޓިވޭޝަންގެ ދަށުން އިންސާނި މިޒާޖާއި ހިތްވަރުދޭނެ ގޮތްތައް ދަސްކޮށްދީ ޓީމެއް ކުރިއަށް ގެންދިއުމުގައި މޯޓިވޭޝަންގެ ދައުރު އުނގަންނައިދީ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްތައް އޮޅުންފިލުވައި ދެވިފައިވެއެވެ. ހަމަ އެހެންމެ ވަޒީފާގެ މާހައުލުގައި އިމޯޝަނަލް އިންޓެލިޖެންސްގެ މުހިންމުކަން އުނގަންނައިދީ ލީޑަރެއްގެ ހައިސިއްޔަތުން އަމިއްލަ ނަފުސު ދެނެގަންނާނެ ގޮތާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ ކުރިއަރައި ދާނެ ގޮތްތައް ކިޔައިދެވިފައިވެއެވެ.

އޯގަނައިޒޭޝަނަލް ލީޑަރޝިޕްގެ ދަށުން މުއައްސަސާއެއްގައި ކާމިޔާބީއާ ހަމައަށް ދެވޭނެ އުސޫލުތަކާއި ރާވާލައިގެން ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ކިޔާދެވިފައި ވުމީ ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި ފަސޭހަތަކެއް ވެގެންދާނެކަމެކެވެ. އެތިކްސް އަދި އިންޓެގްރިޓީގެ ތެރެއިން ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ކަންކަން މި ޕްރޮގްރާމުން ދަސްކޮށްދެވިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުންތަކެއްގެ މުސާރަ އޮޅިގެން ހަވާލުކުރެވުނީ އެހެން މީހަކާ، ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޓްރެއިނިންގ ފޯ ވިމެން މެންޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޑްރަގް ވިޔަފާރީގެ ބޮޑެއް 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެޚަބަރު | 4 ގަޑިއިރު ކުރިން