މެސީގެ ސަޕޯޓަރުން ޖޯކުޖަހާ ޑުބާއީޑިއޯ އެންމެފަހުން ފީފާގެ އެންމެ ޝަރަފުވެރި އެވޯޑަށް
1 ޖެނުއަރީ 2026 - 07:09

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ޑުބާއީ ސްޕޯޓްސް ކައުންސިލް (ޑީއެސްސީ) އާއެކު ރަސްމީކޮށް ބައިވެރިވެ، 2026 ވަނަ އަހަރުން ފެށިގެން ފީފާއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން ހޮވުމުގެ ރަސްމީ އެވޯޑް ހަފްލާ ޑުބާއީގައި ބޭއްވުމަށް ނިންމައިފިއެވެ. މި އެއްބަސްވުމުގެ ދަށުން، ފީފާގެ ހަމައެކަނި ރަސްމީ އެވޯޑް ހަފްލާގެ ގޮތުގައި މި ހަފްލާ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމާއެކު، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ޝަޚްސިއްޔަތުތައް ހޮވުމުގެ މައި މަރުކަޒަކަށް ޑުބާއީ ވެގެންދާނެއެވެ. ޑުބާއީ ކައުންސިލަކީ މީގެ ކުރިން 'ގްލޯބް ސޮކާ އެވޯޑްސް' ބާއްވަމުން އަންނަ ފަރާތެވެ. މި އެވޯޑު 2011 ވަނަ އަހަރުންފެށިގެން ދޭން ފެށިއިރު، ރޮނާލްޑޯ އަށް މިއެވޯޑް ގިނަފަހަރު ކާމިޔާބުކުރުމާއެކު މެސީގެ ސަޕޯޓަރުން ވަނީ މިއެވޯޑަކީ ރޮނާލްޑޯ އަމިއްލައަށް ފަންޑުކޮށްގެން އަމިއްލަ އެވޯޑް ހޯދަން އުފައްދާފައިވާ އެވޯޑެއްކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައެވެ. ރޮނާލްޑޯ ވަނީ މި އެވޯޑް ރެކޯޑް އަދަދަކަށް، ހަ ފަހަރު ކާމިޔާބުކޮށްފައެވެ. މެސީއަށް މި އެވޯޑް ލިބިފައިވަނީ އެންމެ ދެ ފަހަރު ކަމަށްވުމުން، މިއީ ސޯޝަލް މީޑިއާގައި ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. މިއެވޯޑް މިހާތަނަށް ރޮނާލްޑޯއަށް 6 ފަހަރު ލިބިފައިވާއިރު، މެސީއަށް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ.

Ad by Hajj Corporation
މީގެ ކުރިން މެސީގެ ސަޕޯޓަރުން އައީ ޑުބާއީގައި ބާއްވާ އެވޯޑްތަކަކީ ފީފާގެ ރަސްމީ އެވޯޑްތަކާ އަޅާބަލާއިރު އެއްވެސް އޮތެންޓިސިޓީއެއް ނެތް، ނުރަސްމީ އެވޯޑްތަކެއް ކަމަށް ބުނެ ވަރަށް ބޮޑަށް ޖޯކުޖަހަމުންނެވެ. އަދި އެއީ ހަމައެކަނި ރޮނާލްޑޯއަށް ދޭ އެވޯޑްތަކެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެއެވެ.
ނަމަވެސް ފީފާގެ މި ނިންމުމާއެކު، ކުރިން ކުރަމުން އައި މަލާމާތްތަކަށް ވަނީ ނިމުން އައިސްފައެވެ. 2026 އިން ފެށިގެން ޑުބާއީގައި ބާއްވާ މި އެވޯޑަކީ ފީފާގެ ފުރިހަމަ ތާއީދާއެކު ބާއްވާ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން، ކޯޗުން އަދި ޓީމުތައް ކަނޑައަޅާނެ އެންމެ އިތުބާރު ހުރި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބާއްވާ އެންމެ ބޮޑު އެވޯޑްއަށް ވެގެންދާނެއެވެ.
މި ބަދަލަކީ މީގެ ކުރިން ޑުބާއީގެ އެވޯޑްތަކުގެ އަގުވައްޓާލަން މަސައްކަތް ކުރި ފަރާތްތަކުގެ މޫނުމަތީގައި ޖެހި ތަފާލެކެވެ. ކުރިން ސުވާލު އުފެއްދި ޑުބާއި ޑިއޯ ޕްލެޓްފޯމް މިހާރު މިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ އަދި އެންމެ ޝަރަފުވެރި ސްޓޭޖަށް ބަދަލުވާން ތައްޔާރުވެފައެވެ.


