logo
Bank of Maldives

Bank of Maldives

ވިޔަފާރި

ވީއައިއޭގައި ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

އިސްމާޢިލް ރާތިޢު
2 ޖެނުއަރީ 2026 - 04:38
މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް
މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި މުއާމަލާތް ކުރާތީ އެކަން ނުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އަންގައިފިއެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފޯރުކޮށްދިނުމަށް އެކި ވިޔަފާރިތައް ކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ވަކި ޚާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ. އެހެންކަމުން އުސޫލުތަކާއި އެއްބަސްވުންތަކުގެ ތެރެއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން ބަޔަކު އެ އެއާޕޯޓުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރިއާއި ޚިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ކަމާގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލުން ހުއްދަ ދީފައިވާ ފަރާތްތަކަށްކަން ފާހަގަކޮށް އެ ކުންފުނިން ވިދާޅުވީ އެހެން ފަރާތަކުން އެފަދަ ވިޔަފާރިތައް އެއަރޕޯޓުގައި ކުރިއަށްގެންދިއުން މަނާވާނެ ކަމަށެވެ. ހުއްދަ ދީފައިވާ ފަރާތްތަކަށްވެސް އެ ހުއްދަ ދީފައިވާ ޚިދުމަތެއް ނޫން އެހެން އެއްވެސް ޚިދުމަތެއް ދިނުންވެސް މަނާވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ހުއްދަ ދީފައިވާ ފަރާތްތަކުންވެސް އެ ވިޔަފާރިއެއް ދޭންޖެހޭނީ އެކަމަކަށް ކަނޑައަޅާފައިވާ ޖާގައިގައި ހުންނަ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ. އަދި އެފަދަ ޚިދުމަތް ދޭ ފަރާތްތަކުން ތިބެންވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާސް އަޅައިގެން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެއަރޕޯޓުން ޚިދުމަތް ހޯދާ އެހެނިހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ ޒިންމާއަކަށްވާތީ، ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެނަމަ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 8 ދުވަސް ކުރިންސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިވިޔަފާރި | 15 ދުވަސް ކުރިންގިރާވަރު ފަޅަކީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ތަން:އެމްއޭސީއެލްގެ އެމްޑީ ޝަރީފްޚަބަރު | 18 ދުވަސް ކުރިންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެނެސްފިޚަބަރު | 21 ދުވަސް ކުރިން