logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މައުމޫނުގެ 3 ސުވާލާމެދު ދިވެހި މުޖުތަމައު ވިސްނަންޖެހިފައި

އާމިނަތު ޝަފާ
2 ޖެނުއަރީ 2026 - 05:01
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް -- ފޮޓޯ::: ސޯޝަލް މީޑިޔާ އާކައިވް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް -- ފޮޓޯ::: ސޯޝަލް މީޑިޔާ އާކައިވް

ދިވެހި މުޖުތަމަޢުން ފެންނަ ނޭދެވޭ އަމަލުތަކަށް އަލިއަޅުވައިލައްވައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޣައްޔޫމް އައު އަހަރުގެ ތަހުނިޔާ ވިދާޅުވި މެސެޖަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އެގޮތުން ފެށިގެންދިޔަ މީލާދީ އައު އަހަރުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް މަޢުމޫން ދިވެހި މުޖުތަމައާ އަމާޒުކުރެއްވީ ކުރު 3 ސުވާލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މައުމޫނު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި އާއްމުކުރައްވާފައިވާ އާއަހަރުގެ މެސެޖުގައިވަނީ ފެށިގެންދިޔަ އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށްގޮވުމަށް ލިބޭ ފުރުޞަތެއްތޯ ސުވާލު އުފައްދަވާފައެވެ. ދެން އެއްސެވީ މުޖުތަމަޢުގެ އަފްރާދުން ތަޞައްރުފު ފުދެން ނުވަނީތޯ އެއްސެވި ސުވާލެވެ. އެންމެ ފަހުކަމަކަށް ހަމަޖެހިލައިގެން އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާކަށް ނުވޭބާވާއޭ އެއްސެވި ސުވާލެވެ.

މި 3 ސުވާލުގައި ރައީސް މައުމޫނު އަލިއަޅުއްވައިލައްވައިފައިވަނީ އިންސާނީ ވިސްނުން ތަހުޒީބުވުމުގެ މުހިންމުކަމާއި ދިވެހި މުުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ރީތި ސިފަ އަށަގެންނެވުމުގެ މައްޗަށެވެ.

ގިނަ ދިވެހިން ގަބޫލުކުރަން ބޭނުންވަނީ ތަރައްގީ އަކީ ހަމައެކަނި އަތްލެވޭ ނުވަތަ އުމްރާނީ ތަރައްގީ ކަމަށެވެ. ނަމަވެސް ދިވެހިންގެ ވިސްނުން ބަދަލުކޮސް ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނުވަތަ އަތްލެވޭ އެއްޗެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހިފައިވާކަން މި ޕޯސްޓުން ބުނެދެއެވެ.  

މުޖުތަމައެއްގެ އެންމެ އިސް ވާޖިބަކީ ސިކުނޑިތައް ބިނާކުރުންކަމާއި ގައުމަކަށް އަތްލެވޭ އުމްރާނީ ތަރައްގީ އަންނަ އުސްމިނާ ހަލުވިމިނާ އެއްވަރަށް ސިކުނޑިތައް ތަރައްގީނުކުރެވޭނަމަ ގައުމަކުން ކުރާނެ މާ ބޮޑު ފައިދާއެއްް ނޯންނާނެކަން މި ޕޯސްޓުން ރައީސް މައުމޫން ވަނީ އަންގާދީފައެވެ.

ތަރައްގީ އަކީ އިންސާނާއަށް އަންނަ ކުރިއެރުމެއްކަން ގަބޫލުކުރަން އެބަޖެހެއެވެ. އެއާއެކު އަޅުގަނޑުމެންގެ އައު ޖީލަށް ރަނގަޅު ތަރުބިއްޔަތާއި އިސްލާމީ އަހުލާގު ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކުރަންޖެހިފައިވާކަންވެސް ރައީސް މައުމޫނުގެ މި ޕޯސްޓުން ބުނެދެއެވެ.

މައުމޫންގެ އެ ޕޯސްޓަށް ކޮމެންޓުކުރި ބައެއް އާންމު ފަރާތްތަކުންވަނީ އަދުގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ މީހުންގެ އަބުރު ކަތިލުމަށް އޮތް ޕްލެޓްފޯމްތަކެއްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަަދި އެކަމާ ދެކޮޅަށް ބަހެއް ބުނާ މީހަކީ ފަރުދީ މިނިވަންކަމުގެ ތެރެއަށް ވަދެގަންނަ މީހެއްގެ ގޮތުގައި ތުހުމަތުކުރާކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ. މީގެ އިތުރުން ދިވެހީންގެ ތެރެއަށް އައި ސިޔާސީ އޮއިވަރާއެކު ދިވެހި ތައުލީމީ ނިޒާމު ބޮއްސުންލާފައިވާކަމަށާއި ބޮޑުވަމުން އަންނަ ޖީލު ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭކަމުގެ ކަންބޮޑުވުންތައް ރައީސް މައުމޫނުގެ މި ޕޯސްޓާއެކު ދަނީ ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް މައުމޫނު މިވަގުތު ހުންނެވީ ސިޔާސީ މަސައްކަތްޕުޅާ ދުރުގައެވެ. އެމަނިކުފާނުމިހާރު ގިނަ ވަގުތު އުޅުއްވަނީ ދީނީ އަދި އިޖްތިމާއީ މަސައްކަތްޕުޅުތަކުގައެވެ.

ކޮންމެއަކަށް މި ޕޯސްޓާއެކު ދިވެހި މުޖުތަމަޢާމެދު އިތުރަށް މިވަނީ ވިސްނަންޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މައުމޫނުގެ 3 ސުވާލާމެދު ދިވެހި މުޖުތަމައު ވިސްނަންޖެހިފައިޚަބަރު | 4 ގަޑިއިރު ކުރިންރައީސް މައުމޫން، ކުރީގެ ބޮޑުވަޒީރު ޑރ.މަހާތިރާ ބައްދަލުކުރައްވައިފިޚަބަރު | 6 މަސް ކުރިން