logoEN
ޚަބަރު

ރައީސް މައުމޫން، ކުރީގެ ބޮޑުވަޒީރު ޑރ.މަހާތިރާ ބައްދަލުކުރައްވައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

09 ޖުލައި 2025 - 14:34

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދުގެ 100 ވަނަ އުފަންދުވާހާއި ދިމާކޮށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އެމަނިކުފާނާއި ބައްދަލުކުރައްވައިފިއެވެ.މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަރިހަށް ރައީސް މައުމޫން ކުރެއްވި ޒިޔާރަތުގައި ޑރ. މަހާތިރު އުފަންދުވަހުގެ ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުންގެ އަގުވަޒަންކޮށް ހަނދާންތައް އައު ކުރުމުގެ މަސައްކަތް ކުރައްވާ ޕާރޑަނާ ލީޑާޝިޕް ފައުންޑޭޝަންގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ޑރ. މަހާތިރުގެ ޚިދުމަތުގެ އަގުވަޒަންކޮށް ދެއްވާ ހަދިޔާއެއްގެ ގޮތުގައި މާލެ ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް އަރުވާފައެވެ.

ބައްދަލުވުން ނިންމަވާލައްވާފައިވަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި މެލޭޝިއާއިން ރާއްޖެއާއި ދެމެދު ބެހެއްޓެވި ގާތްގުޅުމަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.ރައީސް މައުމޫން ޑރ. މަހާތިރުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އަދި ދަރިކަނބަލުން ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

871x217_placeholder