logo
Bank of Maldives

Bank of Maldives

ޚަބަރު

އުކުޅަހު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

ޒިދާން މުޙައްމަދު
2 ޖެނުއަރީ 2026 - 10:31
އުކުޅަހު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

އުކުޅަހު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

އެ ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚީދުމަތް ފެށުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ މެންބަރުންނާއި، ހެލްތު ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި އެރަށު ރައްޔިތުންވެސް ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން އުކުޅަހު ރައްޔިތުންވެސް ދާންޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

މީގެ އިތުރުން، އޭގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހި ވެގެންދާނެއެވެ.

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއުކުޅަހު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިންމޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިޚަބަރު | ދުވަހެއް ކުރިން