logo
Bank of Maldives

Bank of Maldives

ޚަބަރު

ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
2 ޖެނުއަރީ 2026 - 11:38
ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

މާލޮސްމަޑުލު ދެކުނުބުރި ދޮންފަނުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނީ މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓު ޕީކުގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާ ކުރުމަށްޓަކައި 537.6 ކިލޯވޮޓު އަވާގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއްވެސް މި މަޝްރޫއުގެ ތެރެއިން އެ ރަށުގައި ބެހެއްޓުމަށް ހަަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، ދޮންފަނުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ، އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީޚަބަރު | 10 ގަޑިއިރު ކުރިންއިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ ޝަރަފް ރައީސް މުޢިއްޒުގެ ސަރުކާރަށްރިޕޯޓް | 16 ގަޑިއިރު ކުރިން އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ އެވޯޑު ހަފުލާ ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 3 ދުވަސް ކުރިން