logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

އައިޝަތު ނަޝާ
4 ޖެނުއަރީ 2026 - 08:04
 ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

 ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ.

ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނުކުރައްވާފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފްއެވެ. އަދި ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމްއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ފެނުނު މީހާގެ ޖިންސު ވެސް ވަކި ނުވޭ: ފުލުހުން ޚަބަރު | 2 ގަޑިއިރު ކުރިންމަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެޚަބަރު | 21 ގަޑިއިރު ކުރިން ލޯކަލް ކައުންސިލު އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފިޚަބަރު | ދުވަހެއް ކުރިންކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަނީޚަބަރު | ދުވަހެއް ކުރިން