logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ހާލަތު ރަނގަޅުކުރަން އިންޑިއާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

އާމިނަތު ޝަފާ
6 އޮކްޓޯބަރު 2024 - 10:22
ރައީސް އިންޑިއާއަށް ފެއްޓެވި މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރެވޭ// ފޮޓޯ: ރައީސް އޮފީސް
ރައީސް އިންޑިއާއަށް ފެއްޓެވި މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރެވޭ// ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާ އަކީ އަޅުގަނޑުމެންގެ މާލީ ހާލަތު ފުރިހަމައަށް އެނގޭ ގައުމެއް. އަދި އަޅުގަނޑުމެންގެ ބުރަ ލުއިކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ރަނގަޅު ބަދަލުތަކާއި ހައްލުތައް ހޯދުމަށް ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާގެ ގޮތުގައި އަބަދުވެސް ތައްޔާރަށް އޮންނަ ގައުމެއް އިންޑިއާއަކީ.

ސަރުކާރުން މީގެ ކުރިން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ދެގައުމުގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ސުވާލުކުރުމުން ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ހިޔާލުތަފާތުވުމެއް އުޅޭނަމަ ވާހަކަދައްކައިގެން އެކަން ހައްލުކުރެވޭނެކަމަށެވެ.

މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 2 އަހަރު ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 2 އަހަރު ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | 2 އަހަރު ކުރިން