logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީގެ އައު ކޯޗަކަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
6 ޖެނުއަރީ 2026 - 10:46
ޗެލްސީގެ އައު ކޯޗަކަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ހެޑް ކޯޗުގެ މަގާމުން އެންޒޯ މަރެސްކާ ވަކިވުމާ ގުޅިގެން، އެ މަގާމަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފިކަން އެ ކްލަބުން މިއަދު އިއުލާންކޮށްފިއެވެ.

ޗެލްސީން ވަނީ ރޮސީނިއާ އެ ކްލަބާއެކު 2032 ވަނަ އަހަރުގެ ނިޔަލަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޗެލްސީ ފުޓްބޯޅަ ކްލަބުގެ ފިރިހެން ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ލިއަމް ރޮސީނިއާ އައްޔަންކުރިކަން އިއުލާންކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

ރޮސީނިއާ ސްޓެމްފޯޑް ބްރިޖަށް ބަދަލުވީ ސްޓްރަސްބާގްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި، ވޭތުވެދިޔަ 19 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެ ޓީމު ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިކޮށްދީފައެވެ. ސްޓްރަސްބާގްގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ ހަލް ސިޓީ އާއި ޑާބީ ކައުންޓީގައި ވެސް ކޯޗިންގް ދައުރުތަކެއް އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ހެޓްރިކާއެކު އެފްއޭ ކަޕްގައި ޗެލްސީން ހަލް ސިޓީ ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއަމިއްލަ ދަނޑުގައި ފަހަތުން އަރައި ޗެލްސީ ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލުވާލައިފިކުޅިވަރު | 4 ދުވަސް ކުރިންޕާމާގެ ހެޓްރިކާއެކު ރޮސީނިއާގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިކުޅިވަރު | 7 ދުވަސް ކުރިންޗެލްސީ ބަލިކޮށް އާސެނަލުން ޓްރަސްޓް ދަ ޕޮރޮސެސްގެ ދިގު އިންތިޒާރު ނިމުމަކާ ގާތަށްކުޅިވަރު | 11 ދުވަސް ކުރިން