އިސްލާމިކް މިނިސްޓްރީން ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
6 ޖެނުއަރީ 2026 - 13:36

އިސްލާމިކް މިނިސްޓްރީން ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ރަށްރަށުގެ ކައުންސިލުތަކަށް ފޮނުވި ސާރކިއުލަރއެއްގައި ބުނީ "ނޫރުލް އަޛާން 1447" މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތް ރާވާފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާގޮތަށް ބައިވެރިއަކާއެކުގައި ކަމަށެވެ.

Ad by Hajj Corporation
އެގޮތުން 19 އަތޮޅުން 19 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ އަތޮޅަކުން ވެސް ބައިވެރިކުރާނެ ފަރާތެއް ހޮވުމަށް އަތޮޅު އޮޑިޝަނެއް ބާއްވާ އެ އަތޮޅަކުން ބައިވެރިކުރާނެ ފަރާތެއްގެ މައުލޫމާތު 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުއްވައިދެއްވުމަށް ވަނީ އެދިފައެވެ.
"ނޫރުލް އަޛާން" މުބާރާތް މިދިޔަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެއްވަނަ ހާސިލުކުރީ ސުލައިމާން މުޙައްމަދު ލަޠީފްއެވެ. އެ މުބާރާތުގެ ދެވަނަ ޙަމްޒާ ބިން ހަސަން ހާސިލުކުރި އިރު، ތިންވަނަ އަކީ މުޙައްމަދު ހަނޫން ހުސައިންއެވެ.


