logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ހާލު ދެރަކޮށް އޮތް މާމިގިލީ މަގުތަކުގައި ތާރުއަޅަން ފަށައިފި

ޒިދާން މުޙައްމަދު
6 ޖެނުއަރީ 2026 - 17:31
ހާލު ދެރަކޮށް އޮތް މާމިގިލީ މަގުތަކުގައި ތާރުއަޅަން ފަށައިފި

އަރިއަތޮޅު މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއާ ހަވާލުކޮށްގެނެވެ.

މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އާރުޑީސީން ބުނީ މިމަސައްކަތުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މަގުތަކުގައި ކޭބަލް ޖަންކްޝަން އަދި ސެޓްލްމަންޓް ހޮޅިއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްވެސްވަނީ ނިމިފައެވެ. އަދި ޕަމްޕަ ސްޓެޝަންތަކުގެ 61 އިންސައްތަ މަސައްކަތް ދުވާރުގައި ކުރަންޖެހޭ މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވެއެވެ.

މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ.

މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޡިމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4.89 ކިލޯމީޓަރު ހިމެނޭހެން 6 މަގެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މިމަޝްރޫޢުއަށް މިހާތަނަށް 95 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލު ދެރަކޮށް އޮތް މާމިގިލީ މަގުތަކުގައި ތާރުއަޅަން ފަށައިފިޚަބަރު | ދުވަހެއް ކުރިންފިއްލަދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި އާރުޑީސީއިން ސޮއިކޮށްފިޚަބަރު | 5 މަސް ކުރިން