އެފް.އޭ.އެމްގެ ޚިޔާނާތް: އަމީން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ޝަރުއީ އަދި ޤާނޫނީ އުސޫލްތަކާ ޚިލާފަށް ކަމަށް ބެލެވޭ!
6 ޖެނުއަރީ 2026 - 17:39

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް- އެފް.އޭ.އެމްގެ ޚިޔާނާތުގެ މައްސަލައިން އަމީން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ޝަރުއީ އަދި ޤާނޫނީ އުސޫލްތަކާ ޚިލާފަށް ކަމަށް ބެލެވޭ ކަމަށް ޕްރޮެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

Ad by Hajj Corporation
އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ. އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ. ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި މިމައްސަލާގައި ހިމެނޭ ބައްސާމަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ.
މި ހުކުމް އިއްވިއިރު، އޭނާ ހުރީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖަލު ބަންދުގައެވެ. އެއީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގެ މައްސަލައެއްގައި އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައެއްގައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުގެ ޝަރިއަތުން ސާބިތުވެފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ލިބުނު ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.
ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރު ޖަލު ހުކުމެއް އިއްވުމުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބައްސާމް ގަނެފައިވާ އެ އެޕާޓްމެންޓްތައް، ކޯޓު އަމުރެއްގެ ދަށުން 2024 އޮކްޓޯބަރު މަހު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ އަމުރު އިސްތިއުނާފު ކުރަން ބައްސާމްގެ ފަރާތުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ.


