logo
Bank of Maldives

Bank of Maldives

ޚަބަރު

ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ޒިދާން މުޙައްމަދު
2 ޖެނުއަރީ 2026 - 13:22
ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕީޖީގެ އޮފީހުން ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.

އެކަމަށް އެދި ހުށަހެޅީ ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށެވެ. އެގޮތަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީގެ އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ މީހަކު ހެންވޭރުގައި ކެނެބިސް ޓްރެފިކް ކުރިކަން ސާބިތުވެ އުމުރަށް ޖަލަށް! ޚަބަރު | 22 ދުވަސް ކުރިންވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް!ޚަބަރު | މަހެއް ކުރިންއެފް.އޭ.އެމްގެ ޚިޔާނާތް: އަމީން ކޮންސްޓްރަކްޝަން ސަލާމަތްވި ހުކުމް ޝަރުއީ އަދި ޤާނޫނީ އުސޫލްތަކާ ޚިލާފަށް ކަމަށް ބެލެވޭ!ޚަބަރު | މަހެއް ކުރިންއެންޑީއޭއަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފަސީހުގެ ބަންދަށް އިތުރު މުއްދަތެއް!ޚަބަރު | 2 މަސް ކުރިން