logo
MPL

MPL

ޚަބަރު

ބްރޯޑްކޮމްގެ ކުރީގެ ނައިބުރައީސްގެ މައްޗަށް ދައުވާކޮށްފި

އިސްމާޢިލް ރާތިޢު
7 ޖެނުއަރީ 2026 - 05:30
ބްރޯޑްކޮމްގެ ކުރީގެ ނައިބުރައީސްގެ މައްޗަށް ދައުވާކޮށްފި

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާ ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް، މުޙައްމަދު ފަޒީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރަން އާދީއްތަ ދުވަހު ހުށަހަޅައިފިއެވެ.

މިމައްސަލައިގައި ފަޒީންގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެއީ:

* ގައިގައި އަތްލުމުގެ ކުށުގެ ދައުވާ (ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާ)
* ޖިންސީ ގޯނާ ކުރުމުގެ ދައުވާ (ޖިންސީ ކުށުގެ ގާނޫނުގެ 17 ވަނަ މާއްދާ)

ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އެމަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބެލުމަށް ފަހު އޭނާ މަޤާމުން ވަކިކުރަން ނިންމާފައިވަނިކޮށެވެ.

ކޮމިޓީން ބަލަމުން ދިޔައީ އޭނާއާއި ގުޅުންހުރި ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބްރޯޑްކޮމްގެ ކުރީގެ ނައިބުރައީސްގެ މައްޗަށް ދައުވާކޮށްފިޚަބަރު | 8 މަސް ކުރިންބައްފައަކު އޭނާގެ 2 ދަރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިޚަބަރު | 2 އަހަރު ކުރިންމެދު ރާއްޖޭގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްޚަބަރު | 2 އަހަރު ކުރިން