logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ ރިޓެއަރ ކުރައްވަން ނިންމަވައިފި

މުޙައްމަދު އަފްރާޙް
7 ޖެނުއަރީ 2026 - 13:48
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ ރިޓެއަރ ކުރައްވަން ނިންމަވައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މަޤާމުން ރިޓަޔަރކުރެއްވިނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިއްމުކަންކަމުގައި، ބޭނުންވާ ހާލަތްތަކުގައި ޚިދުމަތްކުރެއްވުމުގައި މައިމޫނާ ދެމިހުންނަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ސިއްހީ ދާއިރާއިން 1990 ވަނަ އަހަރު ޚިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާ ވަނީ ދައުލަތަށް ސިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައެވެ. އަދި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އައްޔަންކުރެއްވުމަށްފަހު ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައިވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވީ މުޅި ދުނިޔެއަށް ކުރިމަތިވީ އާލަމީ ވަބާކަމުގައިވާ ކޯވިޑް-19ގެ ދުވަސްވަރުގައެވެ. ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖަަހައިގެން ވިއްކުން މަޖުބޫރު ކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންއެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ ރިޓެއަރ ކުރައްވަން ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | ދުވަހެއް ކުރިންވޯލްޑް ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިން