logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފި

އަބްދުﷲ ޣާނިމް
8 ޖެނުއަރީ 2026 - 03:22
ވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވެސްޓް ލަންޑަން ޑާބީގައި، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ފުލަމްއިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. މި މެޗު ފުލަމްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ މާކް ކުކުރެއްލާއަށް ރަތް ކާޑު ދެއްކުމުންނެވެ. އަނިޔާއިން ސަލާމަތްވެ އެނބުރި އައި ފުރަތަމަ މެޗުގައި ކުކުރެއްލާއަށް ރަތް ކާޑު ދެއްކީ ފުލަމްގެ ހެރީ ވިލްސަންއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ގޯލު ފުލަމް އިން 55 ވަނަ މިނެޓުގައި ޖެހިއިރު، 72 ވަނަ މިނެޓުގައި ލިއަމް ޑެލަޕް ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް އުންމީދު އާކޮށްދީފައެވެ. ޑެލަޕް މި ލަނޑު ކާމިޔާބުކުރީ ޕެޑްރޯ ނެޓޯ ނެގި ކޯނަރަކުން އުފެދުނު ފުރުސަތެއްގައެވެ.

ނަމަވެސް، މެޗުގެ 81 ވަނަ މިނެޓުގައި ހެރީ ވިލްސަން ވަނީ ފުލަމްއަށް އަލުން ކުރި ހޯދައިދީފައެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޗެލްސީގެ ރީސް ޖޭމްސް ގައިގައި ޖެހިފައި ކުޑަކޮށް މިސްރާބު ބަދަލުވެގެންނެވެ.

ޗެލްސީއަށް މިއީ ލީގުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ޖެހިޖެހިގެން ފަސްވަނަ މެޗެވެ. މި ނަތީޖާއާއެކު މިދިޔަ ހަފްތާގައި ޗެލްސީއިން ވަނީ އެޓީމުގެ ކޯޗު ބޭރުކުރުމަށްފަހު އައު ކޯޗެއް ޓީމަށް ގެނެސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންޗެލްސީގެ އައު ކޯޗަކަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފިކުޅިވަރު | 3 ދުވަސް ކުރިންތަށިނަގަން ނިކުތް ސިޓީއަށް ހުންގާނު ނެތް އޮޑިއެއް ހަންމަތަކުރަން ނުކުޅެދިއްޖެކުޅިވަރު | 4 ދުވަސް ކުރިންއެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިކުރަނީކުޅިވަރު | 8 ދުވަސް ކުރިން