logo
MPL

MPL

ޚަބަރު

މަހުލޫފް ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފި

އައިޝަތު ނަޝާ
8 ޖެނުއަރީ 2026 - 04:24
މަހުލޫފް ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފި

ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އަޙްމަދު މަހްލޫފުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލް، ތަދަޔޫކީ މިޔަޝިތާއަށް އިއްޔެ އެރުއްވުމަށް ފަހު ސަފީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

ޖަޕާނަށް ކަނޑައަޅުއްވާ ސަފީރަކަށް މަހުލޫފު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުންގެ ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް އެ ދުވަހު ރިޔާސަތުން ފޮނުއްވެވިއެވެ. އަދި ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމަވާފައިވަނީ މަހްލޫފް އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހުލޫފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫއަށް ހުރަސްއަޅަނީ 2028 ގެ އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނެތީ ބިރުން: މަހްލޫފްޚަބަރު | 3 ގަޑިއިރު ކުރިންމަހުލޫފް ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިޚަބަރު | 10 މަސް ކުރިން