logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމަރުންނާ މެދު ސަމާލުވޭ: ޑިސެމްބަރުމަހު އެކަނިވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!

ޒިދާން މުޙައްމަދު
9 ޖެނުއަރީ 2026 - 06:08
ސްކޭމަރުންނާ މެދު ސަމާލުވޭ: ޑިސެމްބަރުމަހު އެކަނިވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!

މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް ސްކޭމްތައް ހިންގައިގެން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލަ އެ ޚިދުމަތަށް ރިޕޯޓު ކޮށްފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން 89 މައްސަލައެއްގެ ފައިސާ އެއްކޮށް ހޯދާފައިވާ ކަމަށާއި، 45 މައްސަލައިގެ ބައެއް ހޯދިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
ފޭރިގަނެފައިވާ 1،901،103 ރުފިޔާގެ ތެރެއިން، ފުލުހުން ވަނީ 594،405.43 ރުފިޔާ އަނބުރާ ހޯދާފައެވެ.

ޑިސެމްބަރު މަހު އާންމުކޮށް ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކާއި، ސްކޭމްގެ ބާވަތްތައްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

ރިޕޯޓް ކުރި ސްކޭމްގެެ ބާވަތްތައް:

Ad by Hajj Corporation

Ad by Hajj Corporation

  • އީ-ކޮމާސް: 80 މައްސަލަ
  • ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 16 މައްސަލަ
  • ކަރަންސީ އެކްސްޗޭންޖު: 31 މައްސަލަ
  • އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 44 މައްސަލަ
  • އެހެނިހެން: 8 މައްސަލަ

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

  • ފޯނު ކޯލް
  • އައިބޭ
  • އޮންލައިން މެސެޖިން މަންސަތައް
  • ފިޝިން ލިންކް
  • ފޭސްބުކް މާކެޓް ޕްލޭސް

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ.

އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުންވެސް ކެނޑިނޭޅި އަންނަނީ އިލްތިމާސްކުރަމުންނެވެ.

މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމަރުންނާ މެދު ސަމާލުވޭ: ޑިސެމްބަރުމަހު އެކަނިވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!ޚަބަރު | 16 ގަޑިއިރު ކުރިންއައްޑޫ ސިޓީ ފޭދޫން އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | ދުވަހެއް ކުރިންއުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިން