logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖެނުއަރީ 2026 - 04:00
ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރި ދެ ޒުވާނުން، ފޮޓޯ: ޕޮލިސް
ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރި ދެ ޒުވާނުން، ފޮޓޯ: ޕޮލިސް

މާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެމީހުންވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށްއަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 17 ގަޑިއިރު ކުރިންކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމާލޭގެ ގެއަކަށް ސަނީ އުމަރު ވެއްދުމުން، ހިތްހަމަނުޖެހިގެން ހަމަނުޖެހުން ހިންގައިފި!ޚަބަރު | 3 ދުވަސް ކުރިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިން