logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 10:32
 ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޢުމުރުން 27 އަހަރުގެ ޝާއިން ޢަލީ އާއި، އއ. ފެރިދޫ / އިޙްރާމްގެ، ޢުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބައްދަށްވެސް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ގެއަކަށް ސަނީ އުމަރު ވެއްދުމުން، ހިތްހަމަނުޖެހިގެން ހަމަނުޖެހުން ހިންގައިފި!ޚަބަރު | 2 ދުވަސް ކުރިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންއެންޑީއޭއަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފަސީހުގެ ބަންދަށް އިތުރު މުއްދަތެއް!ޚަބަރު | 2 ދުވަސް ކުރިން ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ފެނުނު މީހާގެ ޖިންސު ވެސް ވަކި ނުވޭ: ފުލުހުން ޚަބަރު | 2 ދުވަސް ކުރިން