logo
Bank of Maldives

Bank of Maldives

ޚަބަރު

"އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެގެންދާނެ"

ޒިދާން މުޙައްމަދު
9 ޖެނުއަރީ 2026 - 06:17
މިނިސްޓަރ ޑރ އައިޝަތު ޝިހާމް
މިނިސްޓަރ ޑރ އައިޝަތު ޝިހާމް

އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، މުޖުތަމައުގެ ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެގެންދާނެ ކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ސަރުކާރުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ.

"ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ ބޮޑުކުރުމަކީ އޭގެ ސަބަބުން މުޖުތަމައަށް ދިގުދެމިގެންދާ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، މުޖުތަމައުގެ ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެގެންދާނެކަން ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އާއިލާއަކަށް އެހީވެވޭކަމުގައި ވެއްޖެނަމަ އެއާއިލާއެއްގެ މީހުން ނުވަތަ ކުދިން ބޮޑުވެގެން ކިޔަވައިގެން ތިބުމުގެ ފުރުޞަތު ލިބި އެކުދިން ތިބޭނީ ފަގީރު ހާލަތަކު ނޫނެވެެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އާއިލާތަކުގެ ނިކަމެތިކަން ކެނޑި، އެ އާއިލާތަކުގެ ކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ގައުމަށް ޚިދުމަތްކުރާ ބަޔަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ފަދައިން، އޯގާތެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައިވެސް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. މިއިސްލާހުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް 12،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤަވާއިދަށް ގެނެވުނު އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ލިބޭނީ 144،000ރުފިޔާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ، ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތަ ދަށްވެގެންދާނެ"ޚަބަރު | 16 ގަޑިއިރު ކުރިންސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ދިރާގުގެ ހަދިޔާއެއް ޚަބަރު | 7 މަސް ކުރިން