logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ޒިދާން މުޙައްމަދު
9 ޖެނުއަރީ 2026 - 08:08
މާލޭގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މާލެއިން ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށް އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށް، އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 17 ގަޑިއިރު ކުރިންރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީނަށް ދާއިިމީ ކޯޓާދޭ އުސޫލު ބަދަލުކޮށްފި ޚަބަރު | 10 ދުވަސް ކުރިންބޭރުގެ ޙާފިޡުން ގެންނަން މިހާރު ވިސާއަށް އެދެވޭނެޚަބަރު | 11 ދުވަސް ކުރިންގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހިފަހައްޓައިފިޚަބަރު | 16 ދުވަސް ކުރިން