logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ މައްސަލައަށް ނިމުމެއްނެތް؟ އަނެއްކާވެސް 15 މީހަކު ހައްޔަރަށް!

އިސްމާޢިލް ރާތިޢު
29 ޖެނުއަރީ 2026 - 11:11
ބިދޭސީންގެ މައްސަލައަށް ނިމުމެއްނެތް؟ އަނެއްކާވެސް 15 މީހަކު ހައްޔަރަށް

ކަމާބެހޭ މުއައްސަސާތައް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، މާލޭގައި ޤަވައިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލުކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ގެ ދަށުން ހިންގުނު އޮޕަރޭޝަނެކެވެ. މި ޓާސްކްފޯހަކީ ޤަވައިދާ ޚިލާފަށް ވިޔަފާރިކުރުމުގެ އިތުރުން ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު އުފެއްދި ޓާސްކްފޯހެކެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން މި ޓާސްކްފޯހުން އެކި އޮޕަރޭޝަންތައް ހިންގަމުންދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން އިއްޔެވެސް ވަނީ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދީފައިވާ ގޮތުގައި، އިއްޔެ ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ކަމަށާއި މިތަން ފާހަގަކުރެވުމާއެކު އެތަނުގައި ކުރަމުންދިޔަ މަސައްކަތްތައް ވަގުތުން ހުއްޓުވާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެވަނައަށް ބަލައި ފާސްކުރި ތަނުގައި ޤަވާއިދާ ޚިލާފަށް ފިހާރައެއް ހިންގާ، މުދާ ވިއްކަމުންދިޔަކަން ފާހަގަކުރެވުމުގެ ސަބަބުން އެތަނުގެ މަސައްކަތްތައްވެސް ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެ އިންސްޕެކްޝަނަށްފަހު، ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އިޤްތިޞާދީ ވުޒާރާއިން މިހާރު ވަނީ ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ އެ ދެތަންވެސް ބަންދުކޮށްފައެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 6 ގަޑިއިރު ކުރިންގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 16 ގަޑިއިރު ކުރިންއައްޑޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިކަމަށް އެދިއްޖެޚަބަރު | 2 ދުވަސް ކުރިން