logo
MPL

MPL

ޚަބަރު

ނިންމުންތައް ނިންމުމުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދޭނަން: ސީޕީ

މުޙައްމަދު އަފްރާޙް
27 އޭޕްރީލު 2026 - 18:14
ނިންމުންތައް ނިންމުމުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދޭނަން: ސީޕީ

ނިންމުންތައް ނިންމުމުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދެއްވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާޚުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މުޅި މުޖުތަމަޢު ރައްކާތެރިކޮށް އަމާންކަން ދެމެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، މުޖުތަމައާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއްކަމަށް ވެސް ވިދާޅުވިއެވެ. ހަމަމިއާއެކު އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މުއައްސަސާގެ އަމާޒަކީ، އެންމެން ޝާމިލްވާގޮތަށް ފަރަޤުކުރުމެއްނެތް ހަމަހަމަ މާހައުލެއް ޤާއިމްކުރުންކަމަށެވެ. ކުރިއަށްއޮތްތަނުގައި އަންހެން އޮފިސަރުންނަށް އައު މަގުތަކެއް ކޮށައިދީ، ފުލުހުންގެ މުއައްސަސާއަކީ އެންމެނަށްވެސް އެއްވަރަށް ފުރުސަތުއޮތް މާހައުލަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ދެއްވާފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ވިމެންސް ލީގް ނިއު ރޭޑިއަންޓުން ވަރުގަދަކޮށް ފަށައިފިކުޅިވަރު | 3 ގަޑިއިރު ކުރިންއޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 6 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 7 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 8 ދުވަސް ކުރިން