logo
MPL

MPL

ޚަބަރު

މޭޔަރު އާޒިމަށް ޙަމަލާ ދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 10:11
މޭޔަރު އާޒިމަށް ޙަމަލާ ދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ވެރިރަށް، މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ހިނގާލުމެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށް، މަގުމަތިން ޙަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ގ. އީރީ އުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުންހައްޔަރުކުރި މުޢާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މޭޔަރު އާޒިމަށް މާލޭގެ މަގުމަތިން ޙަމަލާދޭން މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފައެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޓް ރަނިންމޭޓަކާއެކު ފައިސަލް ރިޔާސީ ޕްރައިމަރީއަށްރިޕޯޓް | 2 ގަޑިއިރު ކުރިންހުޅުމާލޭގައި ހިނގި ބޮޑު އެކްސިޑެންޓު: ދެމީހަކު އަދިވެސް ވެންޓިލޭޓަރުގައިޚަބަރު | 13 ގަޑިއިރު ކުރިންފޭސް2 އެކްސިޑެންޓް: އެއް ސައިކަލު ދުއްވާފައިވަނީ 3 މީހުން އަރައިގެން ވަންވޭއާ ހިލާފަށްޚަބަރު | ދުވަހެއް ކުރިންނުގަވާއިދުން މަގު ހުރަސް ކޮށްގެން ޖޫރިމަނާ ކުރަނީ އާންމުންގެ ރައްކާތެރިކަމާ ސަލާމަތްތެރި ކަމަށް: އިމްރާންޚަބަރު | 2 ދުވަސް ކުރިން