ކޮރަޕްޓް ރަނިންމޭޓަކާއެކު ފައިސަލް ރިޔާސީ ޕްރައިމަރީއަށް
8 އޮކްޓޯބަރު 2026 - 16:18

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށް މިއަދު ދައްކާލި ރަނިންމޭޓްގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުން ވިސްނަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ.
ފައިސަލްއަކީ އޭނާގެ ސިޔާސީ ހަޔާތުގެ ބޮޑު ބައި ވިޔަފާރިވެރިއެއްގެ އުގަށް ވެއްޓި، ވަކި ސިޔާސީ ޕާޓީއަކާއި ވަކި ވިޔަފާރި ކުންފުންޏެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމުގެ އަވަދިނެތި އުޅުއްވި ބޭފުޅެކެވެ. އެހެންވެ އޭނާގެ ސިޔާސީ ފިކުރު ގުޅިފައި އޮތީ ސިޔާސީ ޕާޓީއެއްގެ ޑިމޮކްރެޓިކް ހަމަތަކަކަށްވުރެ ބޮޑަށް ވަކި މީހެއްގެ ވަށައިގެން އެނބުރޭ އަޅުވެތި ފިކުރަކަށެވެ. އެއީ މާއްދިއްޔަތާއި މުދާވެރިކަން އިސްކުރުމުގެ ފިކުރެކެވެ. ސިޔާސީ ގޮތުން ހުޅުވާލެވިފައި ނެތް ފިކުރަކުން، އައި ބޭފުޅަކަށް އެމްޑީޕީގެ މެންބަރުން ވޯޓު ދޭނެ ކަމަށް ފައިސަލަށް ހީވެފައި އޮތުމަކީ ކުށްހީއެކެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީއަކީ ވައްކަމާއި ފަސާދައާއި ހިޔާނާތާ ދެކޮޅު ޕާޓީއެކެވެ. އެކަމަކު ފައިސަލްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަކީ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮތް ބޭފުޅެކެވެ. އެސްޓީއޯއާއި އެމްޓީސީސީގައި އާޒިމް މަސައްކަތް ކުރެއްވި ދުވަސްވަރު ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ބައެއް މައްސަލަތައް އޭސީސީ ފަދަ ތަހުގީގީ އިދާރާތަކުގައި ހުއްޓިފައި އެބަހުއްޓެވެ. މާލޭގެ މޭޔަރަކަށް އާޒިމް ހުންނަވައިގެން އަރިސް ބޭފުޅުންނަށް އެތައް ވަޒީފާއެއް ހަމަޖައްސައިދިނުމާއި، ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ގާތް މީހުންނަށް ހޯދައިދިނުމުގެ އެތައް ތުހުމަތެއްވެސް އާޒިމުގެ މައްޗަށް ކުރެވެމުންދެ އެވެ. އެހެންކަމުން އާދަމް އާޒިމް ރަނިންމޭޓަކަށް ހަމަޖައްސައިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލަށް ކުރި ހޯދޭނެ އެއްވެސް ފޯމިއުލާއެއް އޮތް ކަމަކަށް ނުފެނެ އެވެ.
ފައިސަލްއާއި އާޒިމަކީވެސް އެމްޑީޕީގެ މިނިވަން ޚިޔާލުތަކާ ދުރު، ޚުދުމުހުތާރު ފިކުރުތަކުން އުފަންކުރުވި ސިޔާސީ ޕާޓީތަކެއްގައި އިސް މަގާމުތަކެއްވެސް ފުރުއްވި ދެ ބޭފުޅުންނެވެ. އަދި މި ދެ ބޭފުޅުންނަކީ އެމްޑީޕީގެ ސިޔާސަތުތަކާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމާ ދެކޮޅަށް ކުރިން ފާޑުވިދާޅުވި ދެ ބޭފުޅުން. އެމްޑީޕީގެ އާންމު މެންބަރުންގެ ހިތްތަކުގައި އެ ހަނދާންތައް ދިރިދިރި އޮއްވާ ފައިސަލާއި އާޒިމަށް ޕްރައިމަރީގައި ވޯޓު ދޭނެ ކަމަށް ހިޔާލަށް ގެނައުމަކީވެސް ކޮށި ވިސްނުމެކެވެ.
ފައިސަލް އަކީ އެމްޑީޕީން ޕްރޮމޯޓް ކުރާ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތާ ދެކޮޅު ހެދި ވިޔަފާރި ކުންފުންޏަކުން ހިންގަމުންދާ ރިސޯޓުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމުގައި އެންމެ ބޮޑަށް އޮޅުވާލައި މަކަރު ހެދި ދުވަސްވަރު، ފައިސަލްއަކީ ރިސޯޓެއްގައި ޒިންމާދާރު ވަޒީފާއެއްގައި ހުންނަވައ،ި މުވައްޒަފުންގެ ހައްގަށް ފައިން އެރުއްވި ބޭފުޅެކެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނޭއިރު، އެމީހުންގެ ހައްގުތަކަށް އިހްމާލުވި މީހަކަށް، ރިސޯޓް މުވައްޒަފުން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދިމުމަކީ ދުރުކަމެކެވެ.

-01.jpg&w=3840&q=75)
