logo
MPL

MPL

ޚަބަރު

މިހާރުގެ ޖީލާއި މެދު ކަންބޮޑުވޭ : މޭޔަރު އާޒިމް

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
8 އޮކްޓޯބަރު 2024 - 13:37
މާލޭ ސިޓީގެ މޭޔަރު  އާދަމް ޢާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް

މިހާރު މިއޮތް ޖީލުގެ ހާލަތާއި މެދު ކަންބޮޑުވެލައްވާ ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސްކޫލްތަކުގެ ޓީޗަރުންނާއެކު މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

RHc9Um0ZYW8AB5SzBCc1D-IMG_1587.webp

މޭޔަރު އާޒިމް މި ހަފްލާގައި ވާހަކަ ދައްކަވަނީ

މިހާރުގެ ޖީލުގެ ކަންކަން ބިނާވެފައި އޮންނަނީ މީސްމީޑިއާ އިން ފެންނަ ތަފާތު ކަންކަމުގެ މައްޗަށް ކަމަށާއި މިގޮތަށް ދިމާވުމުން އިހުގެ ޖީލުތަކާއި މިހާރުގެ ޖީލުގެ ދެމެދުގައި ވިސްނުމުގެ ބޮޑެތި ފަރަގުތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. ދުވަސްވީ މީހުން ދައްކާ ވާހަކަ ގަބޫލުނުކުރުމުން ބޮޑެތި މައްސަލަތައް ނިކުންނާނެ ކަމަށާއި އިޖުތިމާޢީ މިންގަނޑު އިސްލާމީ އިމުގެ ތެރެއިން ނެއްޓިފައިވާ މިންވަރު ހާމަކުރައްވައި އެކަމާ ކަންބޮޑުވުންވެސް ފާޅުކުރައްވާފައިވެއެވެ.

މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ޖީލު ދަމަހައްޓަން ތިބީ މިހާރުގެ ކުދިން ކަމަށެވެ. ނަމަވެސް 20 ނުވަތަ 15 އަހަރު ފަހުން މި ޤައުމުގެ ކަންތައްތަކާ ހަވާލުވާން ތިބި ކުދިންގެ ޙާލަތު މިހާރު ހުރި ގޮތާއި މެދު ހިތާމަ ކުރައްވާ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ

'އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު ވަރަށް އޯޕަންކޮށް، ހުޅަގުގެ ޤައުމުތަކުގައި ޤަބޫލުކުރާ ބައެއް ޤަބޫލުކުރުންތަކަކީ، އެއީ އަމިއްލަ ކަމެކޭ ދެކޭތަން، އެ ލެވެލްގައި މިހާރު ކުދިންގެ ވިސްނުންހުރީ. އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢަކަށް ނުގުޅޭ އެތައް ކަމެއް، އެ ކުދިންނަށް މައްސަލައަކަށް ނުވޭ، އެއީ މައްސަލައެއް ނޫނޭ - މޭޔަރު އާދަމް ޢާޒިމް

މުޖްތަމައުގެ ކަންކަން ހުރިގޮތް މިހާރަށް ވުރެ ރަނގަޅުކުރެވޭނެ ގޮތްތައް ހޯދަން ދިރާސާތައް ކުރަން ޖެހޭ ކަމަށާއި މިކަމަށް މަސައްކަތްކޮށްދެއްވުމަށް މުދައްރިސުންގެ އަރިހުގައި އިލްތިމާސް ކުރައްވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޓް ރަނިންމޭޓަކާއެކު ފައިސަލް ރިޔާސީ ޕްރައިމަރީއަށްރިޕޯޓް | 2 ގަޑިއިރު ކުރިންމަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ޖުލައި މަހު 1651 ތަން ބަލައިފިޚަބަރު | 2 މަސް ކުރިންމާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިޚަބަރު | 2 މަސް ކުރިންމާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | 3 މަސް ކުރިން