logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފި

ޒިދާން މުޙައްމަދު
22 ފެބްރުއަރީ 2026 - 14:01
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ އަދާހަމަ ހިއްސާކުރުމަށް އިމިގްރޭޝަނުން ޝޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން އިއްޔެ މޮނިޓަރިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހަރަކާތުގެ ތެރެއިން، އެކި ސަރަހައްދުތަކުން 60 ބިދޭސީއަކާ ސުވާލު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާ އިން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ ޕެޓްރޯލްތަކަކީ، އިމިގްރޭޝަން ގަވާއިދުތައް ތަންފީޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ރޭގަނޑުގެ 12:00ގެ ފަހުން މަގުމަތީ އަދި އާންމު ތަންތަނުގައި ހޭލަމޭލަވެ އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުންވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށައިފައެވެ.

ފުލުހުން ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަ ކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލުކުރާށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | 10 ދުވަސް ކުރިންބިދޭސީންގެ މައްސަލައަށް ނިމުމެއްނެތް؟ އަނެއްކާވެސް 15 މީހަކު ހައްޔަރަށްޚަބަރު | 24 ދުވަސް ކުރިންހުޅުމާލޭގެ ކެފޭއަކުން ތިން ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން