logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިހާބަށް އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރުން މާދަމާ

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 14:56
ކައުންސިލް އިންތިހާބަށް އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރުން މާދަމާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށްއަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މާދަމާ ފެށިގެން ކުރިއަށްގެންދިއުމަށް ޓްރެއިނަރުން އަތޮޅުތަކަށް ދަތުރުކުރަން ފަށައިފިއެވެ.

އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ސަލާހް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިހާބީ އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކަކީ ރައްޔިތުންގެ އިތުުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ތަމްރީނު ފުރިހަމަކުރި ފަރާތްތަަކަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ސަލާހް ވިދާޅުވީ، މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ހައްޤުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އަދި މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އިތުރު ފުރުސަތެއް ދީފިޚަބަރު | 9 ދުވަސް ކުރިންވޯޓު ފޮއްޓާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިންކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 12 ދުވަސް ކުރިން