ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
11 މާރިޗު 2026 - 06:25

އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

Ad by Hajj Corporation
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައާއި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި މިހާރުވަނީ ޝާއިޢުކޮށްފައެވެ. މި ލިސްޓަކީ ޝަކުވާ ހުށަހެޅުމުގެ މުއްދަތަށްފަހު، ގެންނަންޖެހޭ އިސްލާހުތައް ގެނެސް ފައިނަލް ކުރެވިފައިވާ ލިސްޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ ކަންކަން އަމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ރައްޔިތަކުވެސް ލިސްޓުގައި އެމީހެއްގެ މައުލޫމާތު އޮތީ ރަނގަޅަށްތޯ ޗެކްކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ.


