logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް: މުބީން

މުޙައްމަދު އަފްރާޙް
7 މާރިޗު 2026 - 20:00
މުބީން
މުބީން

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، އާރުސީއެލްގެ އެމްޑީކަން ވެސް ކުރައްވާފައިވާ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންކަން ކުރައްވާ މުބީން ވަނީ މި ބަދަލު ގެނައުމަށް ތާއީދުކުރައްވާ މައިގަނޑު ސަބަބުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން އިގްތިސާދީ ފައިދާއަށް ބަލާއިރު، ދެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ދައުލަތުގެ ބަޖެޓަށް ނުހަނު ބޮޑު ބުރައެއް ކަމަށާއި އެއް ދުވަހަކު މި ދެ އިންތިޚާބު ބޭއްވުމުން، އިދާރީ ހިންގުމަށާއި އިންތިޚާބާ ގުޅޭ އެކި ކަންކަމަށް ހޭދަވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތަށް ސަލާމަތް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އިންތިޚާބުތަކަށް ތައްޔާރުވުމަށާއި، ކެމްޕޭން ކުރުމަށް މުޅި ގައުމު އެތައް މަސްތަކެއް ވަންދެން ހޭދަކުރަންޖެހޭއިރު، ދެ އިންތިޚާބު އެއްކޮށްލުމުން، އިންތިޚާބީ ކަންކަމަށް ހޭދަވާ ވަގުތު ސަލާމަތްވެ، ރައްޔިތުންނާއި މުއައްސަސާތަކުގެ ސަމާލުކަން ގައުމީ ތަރައްގީއަށް ހުއްޓާލުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބަށްފަހު ވަރަށް އަވަހަށް މަޖިލިސް އިންތިޚާބު އަންނާތީ، ސަރުކާރުގެ މަސައްކަތްތައް ފެށުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމުން، އާ ސަރުކާރަށް އެއްވެސް މެދުކެނޑުމެއް ނެތި، ދައުރުގެ ފެށުމުން ފެށިގެން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމާއި ތަރައްގީގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދެވޭނެ ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވަނީ މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި، އިގްތިސާދީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ނިންމަންޖެހިފައިވާ މުހިންމު ނިންމުމެއް ކަމުގައި ގަބޫލުކުރައްވާކަަމަށް ވިދާޅުވެފައެވެ. މުބީން މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީ އިން ވެސް ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ީއެ ޕާޓީގެ ސްޓޭންޑްކަމަށް ހާމަކޮށްފައެވެ. އަދި ހުރިހާ ރައްޔިތުން ވެސް މިކަމަށް ތާއީދުކުރުމަށް ވަނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސް ވަނަ ދައުރުގެ ކައުންސިލަރުން ހުވާ ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 16 ދުވަސް ކުރިންއަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 23 ދުވަސް ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | މަހެއް ކުރިން