logo
Bank of Maldives

Bank of Maldives

ލައިފްސްޓްއިލް

"ބޫތު ބަންގްލާ" ގެ އިންތިޒާރު ދިގުލައިފި

މުޙައްމަދު އަފްރާޙް
12 ޖެނުއަރީ 2026 - 07:18
"ބޫތު ބަންގްލާ" ގެ އިންތިޒާރު ދިގުލައިފި

ބޮލީވުޑްގެ އެކްޝަން އަދި ކޮމެޓީ ސްޕަރ ސްޓާރ އަކްޝޭ ކުމާރުގެ 'ބޫތް ބަންގްލާ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ހޮލޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރުމަށް މީގެކުރިން ނިންމާފައިއޮތީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް އެ ފިލްމު ރިލީޒުކުރަން މިހާރު ނިންމާފައިވަނީ މެއި މަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓުތައް ބުނާގޮތުގައި މިގޮތަށް ނިންމީ އަކްޝޭގެ ދެ ފިލްމެއް މާރޗުމަސްތެރޭގައި ސިނަމާތަކަށް އަންނާތީއެވެ. އެއީ "ދުރަންދަރު 2" އަދި "ޓޮކްސިކް" އެވެ. މި ދެ ފިލްމަކީ ވެސް ވަރަށްބޮޑު ބަޖެޓަކުން އުފައްދާފައިވާ ދެ ފިލްމުކަމަށްވާއިރު، 'ބޫތް ބަންގްލާ' މަޑުޖައްސާލީ އެ ފިލްމުމުތަކަށް ނޭދެވޭ އަސަރެއްކޮށްފާނެތީ ކަމުގައި ޚަބަރުތައް ބުނެއެވެ.

ބާލާޖީ މޯޝަން ޕިކްޗަރސް އާއި އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އިން ގެނެސްދޭ "ބޫތު ބަންގްލާ" އަކީ އަކްޝޭގެ ފުރަތަމަ ހޮރޯ-ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ"ގެ ޑައިރެކްޓަރު ޕްރިޔާދަރުޝަން އުފައްދާ ފިލްމެކެވެ. ޕްރިޔާދަރުޝަންއާ އެކު އަކްޝޭ މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ގަރަމް މަސާލާ" އަދި "ބާގަމް ބާގް" ވެސް ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން 'ބޫތް ބަންގްލާ' ސިނަމާތަކަށް އަންނާނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ސާދަ އަހަރަށް ފަހު ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު އަކްޝޭ މަސައްކަތްކުރާ ފިލްމު "ބޫތު ބަންގްލާ"ގެ ކާސްޓުންގެތެރޭ ވަމީގާ ގައްބީ، ތައްބޫ، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރުވި ކޮމެޑީ އެކްޓަރު އަސްރާނީ ހިމެނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބޫތު ބަންގްލާ" ގެ އިންތިޒާރު ދިގުލައިފިލައިފްސްޓްއިލް | ގަޑިއިރެއް ކުރިންކެޓްރީނާ އާއި ވިކީ އަލަތު ދަރިފުޅަށް ކިޔަނީ 'ވިހާން'ލައިފްސްޓްއިލް | 2 ދުވަސް ކުރިންއިންޑިއާގެ ފުޓްބޯޅަ ސަލާމަތްކޮށްދިނުމަށްއެދި ކުޅުންތެރިން ސޯސަލް މީޑިއާގައި އާދޭސްކުރަން ފަށައިފިކުޅިވަރު | 9 ދުވަސް ކުރިންކެޕްސް ކެފޭގެ އައުޓްލެޓެއް ދުބާއީ ގައި ހުޅުވައިފިޚަބަރު | 11 ދުވަސް ކުރިން