logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންގްލަދޭޝް އިން ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ދޫކުރަނީ

އައިޝަތު ނަޝާ
14 ޖެނުއަރީ 2026 - 10:18
ބަންގްލަދޭޝް އިން ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ދޫކުރަނީ

ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލަން ނިންމި ނިންމުން ބަދަލުކޮށް، މިހާރެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ދޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ އާންމު އިންތިޚާބާއި ގުޅިގެން ވަގުތީގޮތުން މި ޚިދުމަތް މެދުކަނޑާލުމަށް މީގެ ކުރިން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން އަނބުރާ ގެންދާ ގޮތަށް ބަންގްލަދޭޝް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިއާއެކު ބަންގްލަދޭޝަށް ދަތުރު ކުރާ ދިވެހިންނަށް މިހާރެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ބަންގްލަދޭޝަކީ، ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމް ހާސިލް ކުރުމާއި އަދި އެނޫންވެސް ބޭނުންތަކުގައި ދަތުރުކުރާ ޤައުމެކެވެ. އެ ޤައުމުން ދިވެހިންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި ވިސާ ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ، ބަންގްލަދޭޝްގެ ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރަށް: ރައީސްޚަބަރު | މަހެއް ކުރިންރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި ޚަބަރު | 3 މަސް ކުރިންރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެ ޚަބަރު | 3 މަސް ކުރިންބަންގްލަދޭޝް އިން ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ދޫކުރަނީޚަބަރު | 4 މަސް ކުރިން