logo
Bank of Maldives

Bank of Maldives

World

ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓު ކައިރީ އެއްޗެއް ގޮވައި ޗައިނާގެ ދެ މީހަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޮކްޓޯބަރު 2024 - 03:43
ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓު ކައިރީ އެއްޗެއް ގޮވައި ޗައިނާގެ ދެ މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގެ ޖިންނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރީގައި ހިނގި ގޮވުމެއްގައި ޗައިނާގެ ރައްޔިތުން މަރުވެ، 10 ވަރަކަށް މީހުންނަށް އަނިޔާވެއްޖެއެވެ.

ޕާކިސްތާނުގައި ހުންނަ ޗައިނާގެ އެމްބަސީއިން އެކަން ސިފަކޮށްފައި ވަނީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗައިނާ އެމްބަސީން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ޒަޚަމްވީ މީހުންގެ ތެރެއިން ބައެއް މީހުން ވެސް މަރުވެފައިވާކަމަށް ބެލެވެއެވެ. ޒަޚަމް ވެފައި ވަނީ ގިނައިން ޕާކިސްތާން މީހުންކަމަށާއި، އެހެންކަމުން އަދި މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ސާފެއް ނުވާކަމަށް ޗައިނާ އެމްބަސީން ބައިނަލްއަގްވާމީ މީޑިއާގައި ބުނެފަވެއެވެ.

އެމްބަސީއިން އިތުރަށް ބުނެފައިވަނީ މި ގޮވުން އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ކަރަންޓުގެ މަޝްރޫޢުއެއްގައި މަސައްކަތްކުރަމުންދިޔަ ޗައިނާގެ އިންޖިނިއަރުންގެ ގްރޫޕަކަށް ކަމަށެވެ.

ވަކިވެގެން ދިއުމަށް މަސައްކަތްކުރާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މި ހަމަލާގެ ޒިންމާ ނަގާފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ބީއެލްއޭ އިން ވަނީ ޕާކިސްތާނުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ހަމަލާދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށްޚަބަރު | 8 ދުވަސް ކުރިންޗައިނާއަކީ ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއް: ރައީސްޚަބަރު | 16 ދުވަސް ކުރިންރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 2 މަސް ކުރިންޗައިނާއިން ރައީސް ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއްޚަބަރު | 2 މަސް ކުރިން