logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2025 - 17:30
  ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށް

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަކީ، ރާއްޖެއަށް ވަޑައިގަތީއްސުރެ ދިވެހި ވެށީގެ ރީތިކަމަށް ހިތް ދޫވެފައިވާ ބޭފުޅެކެވެ. ކޮންމެ ދުވަހަކު ވެސް ދިވެހިރާއްޖޭގެ ބަލާފޫހިނުވާ ގުދުރަތީ މަންޒަރުތަކާއި ވެށީގެ އަސަރުތަކުގެ ތަފާތު ވާހަކަތައް ގެނެސްދެއްވާ ސަފީރު، މިފަހަރު ވަނީ ތަފާތު ތަޖުރިބާއެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. ސަފީރުގެ ހިތް މިފަހަރު ދޫވީ ދިވެހި ތާރީޚާއި ސަގާފަތް ރައްކާތެރިކުރާ "ބައިސްކޯފު" ގެ ދާރުލްއާސާރަށެވެ.

ސަފީރު ކޮންގް ޝިއަންހުއާ 'އެކްސް' އަށް ދޫކުރެއްވި ޕޯސްޓެއްގައި ލިޔުއްވި ގޮތުގައި، ބައިސްކޯފުގެ ދާރުލްއާސާރުގައި ކުރެވުނީ ވަރަށް ޝައުގުވެރި އަދި ފައިދާހުރި ތަޖުރިބާއެކެވެ. މިޒިޔާރަތަކީ ދިވެހިރާއްޖޭގެ ތަރިކައަށް އޭނާ ދެއްވާ އަހަންމިއްޔަތު އަންގައިދޭ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ބައިސްކޯއަފު މިއުޒިއަމްގެ ޒިޔާރަތަކީ ވަރަށް މުހިންމު އަދި ފައިދާހުރި ތަޖުރިބާއެކެވެ. އަޅުގަނޑުމެންގެ ހަނދާންތަކާއި، ތާރީޚާއި އަދި ސަގާފީ ތަރިކަ ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ހަމައެކަނި ޒިންމާއެއް ނޫނެވެ. މިކަމުގައި ވަނީ ޒަމާނީ އަގުހުރި ވަސީލަތްތައް އުފެއްދުމުގެ ފުރުޞަތުތަކެއްވެސް މެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި، ދިވެހިންގެ ތަފާތު ސަގާފަތް ދުނިޔެއަށް ދެއްކުމުގެ ގޮތުން މިކަމުގެ މުހިންމުކަން ފާހަގަކޮށްލެވެއެވެ. ބައިސްކޯއަފަށް ޝުކުރު ދަންނަވަމެވެ. އަދި ތިޔަ ފަރާތުގެ ޝައުޤުވެރި ޓީމާއެކު އިތުރަށް މަސައްކަތްކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަމެވެ." ސަފީރު ވިދާޅުވެފަވެއެވެ.

މި ޒިޔާރަތުން ދައްކުވައިދެނީ، ދިވެހިރާއްޖެއަށް ޗައިނާ ސަފީރު ދެއްވާ އިހުތިރާމާއި، ހަމައެކަނި ގުދުރަތީ ރީތިކަމަށް ވުރެ ބޮޑަށް، ދިވެހި ސަގާފަތާއި ތާރީޚަށް އޭނާ ދެއްވާ އަހަންމިއްޔަތެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ސަގާފީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފިޚަބަރު | 4 ދުވަސް ކުރިންޗައިނާގައި މެޗު ފިކްސިންގ މައްސަލައިގައި ޗެންޕިއަން ޓީމާއެކު 13 ޓީމެއްގެ ޕޮއިންޓް ކެނޑުމަށްފަހު މިއަހަރުގެ ލީގު ފަށަން ނިންމައިފިކުޅިވަރު | 5 ދުވަސް ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | 22 ދުވަސް ކުރިންއަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީޚަބަރު | 2 މަސް ކުރިން