logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާއިން ރައީސް ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއް

ޢައްފާން މުޙައްމަދު
30 އޯގަސްޓު 2025 - 10:16
ޗައިނާގައި ރައީސް ޑރ. މުއިއްޒުއަށް މަރުހަބާ ދެންނެވުން --
ޗައިނާގައި ރައީސް ޑރ. މުއިއްޒުއަށް މަރުހަބާ ދެންނެވުން --

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން، އެ ގައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގަތުމުން، އެ ޤައުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާންގ ޒީ އެވެ. އަދި އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ.ފަޒީލް ނަޖީބްއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބެއިންޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮނަރގާޑެއްވަނީ އަރުވާފައެވެ. އަދި ސަޤާފީ ޙަރަކާތްތަކެއްވަނީ ކުރިއަށްގެންދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސްސީއޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެޗްޑީ ސްކޮލަޝިޕާއި ބޮޑެތި އިނާމުތަކާއެކު ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތައް ހަވާލުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް ޚަބަރު | 21 ގަޑިއިރު ކުރިންއިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | ދުވަހެއް ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | 2 ދުވަސް ކުރިން