logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދު

ޢައްފާން މުޙައްމަދު
1 ސެޕްޓެމްބަރު 2025 - 06:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ޗައިނާގެ ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ޗައިނާގެ ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ޗައިނާގެ ރައީސް، ޝީ ޖިންޕިން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާއެކު، ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ގޮސްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ގައުމަށް ވަޑައިގެން، ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅިގެން ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ސަޢީދު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް އިގްތިސާދީ ގުޅުމަކީ، ދިމާވި ގޮންޖެހުންތަކާއި އުނދަގޫތަކުން އަރައިގަނެ، ކުރިއަށް ވުރެ ވެސް ވަރުގަދަވެފައިވާ ގުޅުމެއް ކަމަށެވެ. ދެ ރައީސުންގެ ބައްދަލުކުރެއްވުމާއެކު، ދެ ގައުމުގުން ގުޅިގެން، ދެމެހެއްޓެނިވި ތަރައްގީގެ މަންޒިލަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ގޮސްފައިވާކަމަށެވެ.

ދެ ރައީސުންގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ޚަބަރު | 2 ގަޑިއިރު ކުރިންޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޢީދު ސަލާން ކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންއެންމެނަށް ކަމުދިޔަ ބަދަލު: ''އާނކޭ''ގައި ޖަހާ ފާހަގަ އިން ގައުމަށް އޮތީ މޮޅުގޮތްރިޕޯޓް | 10 ގަޑިއިރު ކުރިން