އެހީއަކާ ނުލައި ވޯޓުލާން ބޭނުންވާ ލޯފަން މީހުން ރަޖިސްޓްރީވާން ހުޅުވާލައިފި
14 ޖެނުއަރީ 2026 - 16:44

ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، މީހެއްގެ އެހީއާ ނުލައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެމީހުން ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 1414އަށް ގުޅައި ރަޖިސްޓަރީކުރުމަށް އެ ކޮމިޝަނުން އެދޭ ކަމަށް އީސީން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މީގެއިތުރުން، 1414 ގެ ހިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަަމށް ވެސް އީސީން މައުލޫމާތުދެއެވެ.
މަޖިލީސް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އީސީން އާންމުކޮށްފައިވާއިރު އެ ރަޖިސްޓަރީއަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑި ހަަމަވާނީ މި މަހުގެ 18 ވަނަ ދުވަހެވެ.


