logo
Bank of Maldives

Bank of Maldives

ޚަބަރު

އީފާހުގެ އައު ވަރޝަނެއް ތަޢާރަފްކުރަނީ

އިސްމާޢިލް ރާތިޢު
15 ޖެނުއަރީ 2026 - 05:09
އީފާހުގެ އައު ވަރޝަނެއް ތަޢާރަފްކުރަނީ

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާރޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ، އީފާސް ބޭނުންކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް އައު ވަރޝަންއެއް ނެރެވިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ އީފާސްގެ ދެވަނަ ބަދާލު ނެރުން ކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އީފާސް ބޭނުންކުރުމުގައި އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވަމުން ޑރ. ކިނާނަތު ވިދާޅުވީ، އައު ބަދާލު ފަރުމާކުރަނީ ވަރަށް އެޑްވާންސް ފީޗަރތަކަކާއެކު ކަމަށެވެ. ޚާއްޞަކޮށް، އީފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާންޖެހުމާއި، ޚިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތައް މި އައު ބަދާލާއެކު ހައްލުވެގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2,000,000 އަށްވުރެ ގިނަ ފަރާތްތަކުން އީފާސް ބޭނުންކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި މި އައު ބަދާލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މެދުތެރޭގައި ނެރޭ ވަރޝަން 2 ގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗަރތަކާއެކު އިތުރު ބަދާލުތައް ނެރެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑޮކްޓަރ މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

2012 ވަނަ އަހަރު ބޭނުންކުރަންފެށި މި ޚިދުމަތަށް 13 އަހަރު މިވަނީ ވެފައެވެ. އީފާސް އެޕްލިކޭޝަން އެކުލަވާލާ ބޭނުންކުރަމުން އަންނައިރު، ޚިދުމަތް ލުއިފަސޭހަކުރުމަށް އެޕްލިކޭޝަނަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން މިހާރު ލިބޭ ޚިދުމަތްތައް އަޕްގްރޭޑްކުރުމާއި، އިތުރު ޚިދުމަތްތަކާއި ފީޗަރތައް އީފާސްގެ ތެރެއިން ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

އީފާސްއަކީ ބޭނުންކުރަން އުނދަގޫ އެޕްލިކޭޝަނެއްކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އީފާސް ހުޅުވާލާކޮންމެ ފަހަރަކު ލޮގިންވުމަށާއި، އީފާސް މެދުވެރިކޮށް ޚިދުމަތްތަކަށް އެޕްލައިކުރުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމީ އާންމުންގެ ފަރާތުން ވަރަށް ގިނައިން އިވެމުންދާ ޝަކުވާތަކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީފާހުގެ އައު ވަރޝަނެއް ތަޢާރަފްކުރަނީޚަބަރު | 2 ގަޑިއިރު ކުރިން"އީފާސް އަކީ ރައްޔިތުންނަށް ޑިޖިޓަލް ހިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ހަދާނަން"ޚަބަރު | 7 މަސް ކުރިންއީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފިޚަބަރު | އަހަރެއް ކުރިން