1.5 މިލިއަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފި


07 އޮކްޓޯބަރު 2024 - 04:04
އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.
މި މުއްދަތުގައި ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ 227،400 ފަތުރުވެރިން އައިސްފައިވާ ޗައިނާ އިންނެވެ. ދެވަނާގައި އޮތީ 165،300 ފަތުރުވެރިން އައިސްފައިވާ ރަޝިޔާ އެވެ.
ތިން ވަނާގައި އިނގިރޭސި ވިލާތް އޮތީ 127،700 ފަތުރުވެރިން އައިސްގެންނެވެ. 109،700 ފަތުރުވެރިން އައިސްގެން ޖަރުމަނުވިލާތަށް ހަތަރު ވަނަ ލިބޭއިރު، 107،623 އައިސްގެން އިޓަލީ ވިލާތް އޮތީ ފަސްވަނަ ގައުމުގެ ގޮތުގައެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،224 ފެސިލިޓީއެއް ހިންގަމުން އަންނައިރު، މީގެ ތެރޭގައި 171 ރިސޯޓާއި 887 ގެސްޓްހައުސް އާއި 152 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު
8 މަސް ކުރިން
ފަސް ޤައުމަކުން، ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން
7 މަސް ކުރިން
އިންޑިއާ- މޯލްޑިވްސް، ބިޒްނަސް ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ: ފައިސަލް
6 މަސް ކުރިން